ޅ. ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ އެއް ބަލަން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފުލުސް މީހާ އެ މީހާއަށް އަނިޔާކުރީ ފުލުހެއްގެ އަންބަޔަކާއި "ފޮށުނު" ކަމަށް ބުނެ ރޭގެ ވަގުތެއްގައި އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަނިޔާ ލިބުނު ފަރާތުން ކަމަށްވެ އެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފާވާކަމަށެވެ.
އެކަމާއި ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން ބަލަމުންދާކަމަށް ވިދާޅުވި އެވެ.
އަދި އެފަދަ ކަމެއް ފުލުހުން ހިންގާފައިވާނަ މިފަދަ ކަންކަމުގައި ޢަމަލުކުރާ ޢުޞޫލްތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގަ މިއަދު އެ ރަށުގައި ބަޔަކު އިހުތިޖާޖުވެސް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް