ގައްދޫ ޒާހިރު އަވަހާރަވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޒާހިރު އާދަމް، އަވަހާރަވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމުގައި ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޒާހިރު ކޮވިޑަށް ޕޮޒިޓިވ...

17 May 2021 | 17:38

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޒާހިރު އާދަމް، އަވަހާރަވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމުގައި ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ޕޮޒިޓިވް ވުމުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާ ދީފައިވެއެވެ. އަދި ގެއަށް ބަދަލުކުރީ މިއަދުކަމުގައި މައުލޫމާތު ލިބެއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޒާހިރަށް ފަރުވާދީފައިވަނީ ހައި ރިސްކު ޕޭޝަންޓަކަށް ވާތީއެވެ. ނަމަވެސް ގެއަށް ބަދަލުކުރީ ހާލުކޮޅު ރަނގަޅުކަމަށް އަމިއްލައަށް ވިދާޅުވުމުން ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

ޒާހިރު އާދަމް، (ގައްދޫ ޒާހިރު) ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވަނީ މަޖިލީހުގެ 17 ވަނަ ދައުރުގައެވެ. މިހާރު ކުރިއަށްދާ 19 ވަނަ ދައުރުގެ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރަކީ ގައްދޫ ޒާހިރުގެ ދަރިކަލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް