ކޯވިޑުގެ މަސައްކަތަށް ސިފައިންނާއި، ސިވިލް ސާވިސް މުވައްޒަފުން ނެރެނީ

ކޯވިޑް-19 އާއި ދެކޮޅަށް ހިންގާ ގައުމީ މަސައްކަތަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްްކަތްތައް ކުރުމަށް ސިފައިންނާއި ސިވިލް ސާވިސް މުވައްޒަފުން ނެރެން ނިންމައިފި އެވެ. މިކަން ހާމަ ކުރެއްވީ...

17 May 2021 | 17:36

ކޯވިޑް-19 އާއި ދެކޮޅަށް ހިންގާ ގައުމީ މަސައްކަތަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްްކަތްތައް ކުރުމަށް ސިފައިންނާއި ސިވިލް ސާވިސް މުވައްޒަފުން ނެރެން ނިންމައިފި އެވެ.

މިކަން ހާމަ ކުރެއްވީ މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. މަބްރޫކް މިހެން ވިދާޅުވި އިރު މިހާރުވެސް ކޯވިޑް އޮޕަރެޝަންތަކުގައި ކޮންމެވެސް ސިފައިން ހަރަކާތްތެރިވެ އެވެ.

މަބްރޫކް ވިދާޅުވީ ސިފައިން ބޭނުން ކުރުމަށް ނިންމާފައިވަނީ ޕޮސިޓިވްވާ މީހުން އެމްބިއުލާންސްތަކުގައި ފެސިލިޓީތަކަށް އުފުލުމާއި އެނޫންވެސް ޓްރާންސްޕާއި ގުޅުން ހުރި މަސައްކަތްތައް ކަމަށެވެ. ސިވިލް ސާވިސް މުވައްޒަފުން ލައްވައި މަސައްކަތް ކުރުމަސް ހަމަޖެހިފައިވަނީ އެޗްއީއޯސީގެ މަސައްކަތްތަކުގައި އެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް އަދި މުވައްޒަފުން މަސައްކަތް ކަން ފަށާނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުން މަދުވާ މައްސަލަ ދަނީ ފާހަގަ ކުރަމުންނެވެ. އަދި ކޯވިޑުގެ ކޭސްތައް ގިނަވުމުން ވޮލެންޓިއަރުންނާއި ކޮންޓްރެކްޓަށް މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް އެޗްއީއޯސީން ވަނީ ފަށާފަ އެވެ.

ރާއްޖެއިން ކޯވިޑަސް ޕޮސިޓިވްވި އަދަދު 45،000 އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 15،000 މަތީގައި އުޅޭއިރު މާލެ ސަރަހައްދުގެ ހުރިހާ ފެސިލިޓީތަކެއް ހުރީ ފުރިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް