60 ހާސް ޕީސީއާރު ޓެސްޓް ކިޓު ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އިންޑިއާއިން ދީފި

60 ހާސް، ޕީސީއާރު ޓެސްޓް ކިޓު ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އިންޑިއާއިން ދީފައިވާކަމަށް އެ ގައުމުން ބުނެފިއެވެ. އެގޮތުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވ...

17 May 2021 | 17:31

60 ހާސް، ޕީސީއާރު ޓެސްޓް ކިޓު ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އިންޑިއާއިން ދީފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

އެގޮތުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑްއަށް ޓެސްޓުކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި އިންޑިއާއިން ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ބޭނުމަށް 60،000 އާރްޓީ-ޕީސީއާރް ޓެސްޓު ކިޓު ރާއްޖެއަށް އެކްސްޕޯޓު ކުރުމުގެ ހުއްދަ ވަނީ ދީފައިކަމަށެވެ.

މި ހުއްދަ ދީފައިވާއިރު، ރާއްޖެއަށް އިންޑިއާއިން ވެކްސިން ގެނެވޭތޯ ދިވެހި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ހާލަތުގައި އިންޑިއާއިން ވެކްސިން އެހެން ގައުމުތަކަށް ފޮނުވާލުން ވަނީ މަޑުޖައްސާލާފައެވެ. އެހެންނަމަވެސް ދާދި އަވަހަށް އެ ވެކްސިން ލިބިދާނެފަދަ އިސާރާތެއްވެސް އިންޑިއާއިން އިއްޔެ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް