ކޮވިޑު މަރުގެ އަދަދު 101 އަށް، މިއީ މިއަދުގެ ތިންވަނަ މަރު

ކޮވިޑުގައި އިތުރު ދިވެއްސަކު ދުނިޔެ ދޫކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 70 އަހަރު...

17 May 2021 | 14:19

ކޮވިޑުގައި އިތުރު ދިވެއްސަކު ދުނިޔެ ދޫކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 70 އަހަރުގެ ދިވެހި އަންހެނެކެވެ.

"މިއީ ރާއްޖޭގައި ކޮވިޑުގެ 101 ވަނަ މަރު" އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑުގެ މަރުގެ އަދަދު 101 އަށް އަރާފައިވާއިރު މިއީ މިއަދު މި ބަލީގައި ނިޔާވި ތިންވަނަ ފަރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް