ހއ. އިހަވަންދޫގެ އެންމެ ހަގު މަސްދޯނި "ފައްސި" އަކީ ޒަމާނީ އެންމެ ފުރިހަމަ ވަސީލަތްތަކާއެކު މަސްވެރިކަމަށް ދޮންވެ ފައްކާ ވެފައި އޮތް އިހަވަންދޫގެ އުމުރުން އެންމެ ހަގު މަސްދޯންޏެވެ.
'ފައްސި' އަކީ ހަތް މިލިއަން ރުފިޔާހަރަދުކޮށްގެން ހަދާފައިވާ ފައިބަރު އުޅަނދެއް ކަމަށް 'މަސްވެރި އިހަވަންދޫ' އިން ބުނެއެވެ.
405 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ މިއުޅަނދުގެ ދިގުމިނަކީ 87 ފޫޓެވެ. ފުޅާމިނުގައި 26 ފޫޓު ހުންނަ މިއުޅަނދުގެ ކޮޅުފަސްކޮޅުގެ ވޯޓާރ ލެވެލްއަކީ 4 ފޫޓެވެ.
ދިރުނބާކޮޅުގެވޯޓާރ ލެވެލް 13 ފޫޓު ހުރިއިރު މަސް ރަށްކާކުރެވޭނެގޮތަށް 19 ފަލްކާ ތައްޔާރު ކޮށްފައި ވެއެވެ. މިއިން ކޮންމެ ފަލްކާއަކަށް 6 ޓަނާ 3 ޓަނާ ދެމެދުގެ އަދަދަކަށް މަސްއެޅޭނެ ކަމަށް 'މަސްވެރި އިހަވަންދޫ' އޮން ލަފާކުރެއެވެ.
30 ޓަނާ 37 ޓަނާ ދެމެދުގެ އަދަދަކަށް މިއުޅަނދުގައި މަސް ރަށްކާ ކުރެވެން ހުރިއިރު މަސްފިނިކުރުމަށް ޓަކައި 30 ޓަނުގެ އައިސްމިއުޅަނދުގައި ރަށްކާކުރެވޭނެއެވެ.
50 ފީފާގެ ތެޔޮ މިއުޅނދުގައި ރައްކާކުރެވޭނެގޮތަށް ފަރުމާކޮށްފައި ހުރިއިރު އެން އެޅުމަށް ޓަކައި 4 ފަލްކާ ތަރައްގީ ކޮށްފައި އެބަހުއްޓެވެ. 25 މީހުންގެ ޖާގައިގެ މިއުޅަނދުގައި ނިދަން 31އެނދު އަދި ތަކެތި ރަށްކާކުރަނެ 35 ކަބަޑު އެބަހުއްޓެވެ. ރަނގަޅުފެންވަރެއްގެ ބަދިގެއަކާއި ފާހާނާއެއްވެސް ހުރި މިއުޅަނދުގައި ފެންވެރުމަށާއި އެހެނިހެން ބޭނުން ތަކަށް 30 ޓަނުގެ ފެން ރަށްކާކުރެ ވޭނެކަމަށް ލަފާކުރެވެއެވެ.
މި އުޅަނދުގައި އަދި މަސްވެރިކަން ކުރަން ފަށާފައެެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް