ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރަކަށް އަލީ އަހުމަދު

ކުޅުދުއްފުށީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރަކަށް އަލީ އަހުމަދު އިންތިހާބު ކޮށްފި އެވެ. އަލީ އަހުމަދު ކުޅުދުއްފުށި ކައުންސިލަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ އިރު ދެކުނު ދާއިރާ އަށެވ...

17 May 2021 | 10:49

ކުޅުދުއްފުށީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރަކަށް އަލީ އަހުމަދު އިންތިހާބު ކޮށްފި އެވެ.

އަލީ އަހުމަދު ކުޅުދުއްފުށި ކައުންސިލަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ އިރު ދެކުނު ދާއިރާ އަށެވެ.

ޑެޕިއުޓީ މޭޔަރު ހޮވުމުގެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު މޭޔަރާއި ކައުންސިލް މެމްބަރުން އަދި ޑަބްލިއުޑީސީގެ މެމްބަރުން ހުވާކުރުމަށް ފަހު ބޭއްވި ބައްދަލުވުމުގައި އެވެ.

އެ ބައްދަލުވުމުގައި އަލީ ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބުކޮށްފައިވަނީ ކައުންސިލްގެ ސާފު އަގުލަބިއްޔަތު ކަމަށްވާ ހަތް މެމްބަރުންގެ ވޯޓާއި އެކު އެވެ. ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތި ލެއްވީވެސް އޭނާ އެކަންޏެވެ.

ކުޅުދުއްފުށީގެ މޭޔަރަކީ އެމްޑީޕީގެ މުހައްމަދު އާތިފެވެ.

ކައުންސިލަށް ދެން ހޮވައިވާ ހަ މެމްބަރުންނަކީވެސް އެމްޑީޕީގެ މެމްބަރުންނެގެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނަށް ހާއްސަ ދެގޮނޑިއާއި ކައުންސިލް މެމްބަރު ކަމުގެ ހަތަރު ގޮނޑި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް