"މޯލްޑިވްސް ހަލާލް ޓްރެވަލް" ލޯންޗުކޮށްފި

ހަލާލް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށްޓަކައި "މޯލްޑިވްސް ހަލާލް ޓްރެވަލް"ގެ ނަމުގައި މަންސައެއް ލޯންޗުކޮށްފިއެވެ. މޯލްޑިވްސް ހަލާލް ޓްރެވަލް މަންސަ ލޯންޗުކޮށްދެއްވީ، ދުބާއީގައި މިހާރު ކުރިއަށްދާ އަ...

17 May 2021 | 10:48

ހަލާލް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށްޓަކައި "މޯލްޑިވްސް ހަލާލް ޓްރެވަލް"ގެ ނަމުގައި މަންސައެއް ލޯންޗުކޮށްފިއެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލް މަންސަ ލޯންޗުކޮށްދެއްވީ، ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާޓްގެ ތެރެއިން މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލްސްގެ ދަށުން، ގަލްފްގެ ޤައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މޯލްޑިވްސް ހަލާލު ޓްރެވަލް މެގަޒިންއެއް ނެރުމާއި، މުސްލިމް ފްރެންޑްލީ ޓްރެވަލް ރޭޓިންގެއް ތައާރަފްކުރުމާއި، ޕީއާރު އަދި މަރކެޓިންގ ޓްރެއިނިންގްތަކާއި، ކޮންފަރެންސްތައް ބޭއްވުމުގެ އިތުރަށް ހަލާލް ޓްރެވަލް އެވޯޑެއް ބޭއްވުންވެސް ހިމެނެއެވެ.

މޯލްޑިވްސް ހަލާލު ޓްރެވަލް ޕްލެޓް ފޯމްގެ ހުރިހާ ބައެއްވެސް ކުރިއަށްދާނީ އަރަބި ބަހުންނެވެ. މި މަންސަ މެދުވެރިކޮށް، މެލޭޝިއާ އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކާއި ވާދަކޮށް މެދުއިރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް