އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ޝުއާއު

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކުރައްވައިފިއެވެ. ޝުއާއު އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް އައްޔަނުކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ އައް...

17 May 2021 | 10:24

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކުރައްވައިފިއެވެ.

ޝުއާއު އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް އައްޔަނުކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ އައްޑޫސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ޑެޕިއުޓީ މޭޔަރުކަމަށް ޝުއާއުގެ އިތުރުން ދެން ވާދަ ކޮށްފައިވަނީ އާމިނަތު އަދާލާ ރަޝީދު އަދި މުހައްމަދު ފައިސަލްއެވެ. ޝުއާއު ޑެޕިއުޓީ މޭޔަރު ކަމަށް އައްޔަނު ކޮށްފައިވަނީ އަށް ވޯޓުންނެވެ.

އައްޑޫސިޓީ ކައުންސިލަށް އިންތިހާބުވި މެމްބަރުންނާއި މޭޔަރު މަގާމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ހެނދުނު 10:00 ގައި އައްޑޫ ހައި ސްކޫލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް