އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް، ވަގުތުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ގޮވާލައިފިއެވެ.
މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ، ފަލަސްޠީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް، ފަލަސްޠީނުގެ ޢާއްމު ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ ޢަމަލު، ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ގެތަކުން ނެރެ، މުދަލާއި ފުރާނައަށް ގެއްލުންދީ، އަދި މި އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު މިސްކިތުގައި އަޅުކަމުގައި ތިބި ޢާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ޚިލާފު ކަމެެއް ކަމަށާއި މިކަމުން މެދުއިރުމަތީގެ ސުލްހަވެރިކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށްވެސް އަސަރު ކުރާނެ ޢަމަލެއްކަމަށް މަޖިލީހުގެ ބަޔާނުގައި ވެއެވެ.
އަދި ރައްޔިތުންގެ މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާއެކުގައި ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް މަދަދުވެރިވުންމަތީގައި ކަމަށް މަޖިލީހުގެ ނޫސްބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް