ފައިސާގެ އިނާމާއެކު، އިސްލާމިކް ސެންޓަރ ފަރުމާކުރުމުގެ މުބާރާތެއް

މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، ފައިސާގެ އިނާމާއެކު، އިސްލާމިކް ސެންޓަރ ފަރުމާކުރުމުގެ ް ހުޅުވާލައިފިއެވެ. މި ޑިޒައިން މުބާރާތަކީ،...

17 May 2021 | 09:38

މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، ފައިސާގެ އިނާމާއެކު، އިސްލާމިކް ސެންޓަރ ފަރުމާކުރުމުގެ ް ހުޅުވާލައިފިއެވެ.

މި ޑިޒައިން މުބާރާތަކީ، ދިވެހި ސަގާފަތާއި ގުޅޭ އިހުގެ މިސްކިއްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުޞަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގޭ މުބާރާތެއް ކަމަށް އެޗްޑީސީއިން މައުލޫމާތު ދެއެވެ.

މި މަޝްރޫޢު އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާއި އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިންގ ރޫމް ފަދަ ތަންތަން ހިމެނިފައިވެއެވެ.

މި މުބާރާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ވެފައިވާ ދިވެހި އާކިޓެކްޓުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

މި މުބާރާތުން 1 ވަނައަށް ހޮވޭ ފަރާތަކަށް ނުވަތަ ޑިޒައިންނަކަށް އިނާމެއްގެ ގޮތުގައި  300،000 ދިވެހި ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަށް 27 މޭ 2021 ގެ ކުރިން ފޯމް ހުށަހެޅުމަށް ވަނީ އިޢުލާން ކުރެވިފައެވެ.

ހުޅުމާލޭގައި ހިންގޭ މަޝްރޫޢުތަކަކީ ވިހާވެސް ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ހިޔާލާއި އެކު ތަރައްޤީ ކުރެވިގެން ދާނެ މަޝްރޫޢުތަކަކަށް ހެދުމަށް އެޗްޑީސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންނެ ދާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީ ކުރެވިފައިވާ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ޙަރަކާތްތަކެއް އެކުލެވިގެންވާގޮތަށް ފަރުމާކުރެވި ތަރައްޤީކުރަމުން ދާ ޕާކެކެވެ. މިގޮތުން ހަތަރު ސަރަޙައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢޫގެ މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާ ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި މި މިސްކިތާއި އިންވެގެން ހެދޭ އިސްލާމިކް ސެންޓަރ ފަރުމާކުރުމުގެ ފުރުޞަތު މިވަނީ މި ދައިރާގެ ފަންނީ ދިވެހިންނަށް މިވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް