"މާލޭ ރައްޔިތުންނަށް ހަގީގީ ޝުކުރެއް އަދާކުރެވޭނި ރައްޔިތުން ބޭނުންވާ ގޮތްތަށް ކަންތައް ކުރެވުނީމަ"

މާލޭ ރައްޔިތުންނަށް ހަގީގީ ޝުކުރެއް އަދާކުރެވޭނި ރައްޔިތުން ބޭނުންވާ ގޮތްތަށް ކަންތައް ކުރެވުމުން ކަމަށް، މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު މު...

17 May 2021 | 09:08

މާލޭ ރައްޔިތުންނަށް ހަގީގީ ޝުކުރެއް އަދާކުރެވޭނި ރައްޔިތުން ބޭނުންވާ ގޮތްތަށް ކަންތައް ކުރެވުމުން ކަމަށް، މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ދެކިލައްވާ ގޮތުގައި ހަގީގީ ޝުކުރެއް އަދާކުރެވުނުކަމަށް ވާނީ ރައްޔިތުން ބޭނުންވާގޮތަށް ކަންތައް ކޮށްދެވުމުންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވާފައި ވަނީ މިއަދުއެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މިއީ ޕީޕީއެމްގެ މޭޔަރު މާލޭސިޓީގެ މޭޔަރުކަން ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.

ރައްުޔިތުން ކުރެއްވި އިތުބާރު އަމާނާތްތެރިކަމާއި އެކު ނަތީޖާއިން އަދާކޮށްދޭނެ ކަމަށް މީގެ ކުރިންވެސް މުއިއްޒު ވިދާޅުވެފައިވެއެވެ. ކުރީގެ ހައުސިންގ މިނިސްޓަރުކަން ވެސް ކުރެއްވި ޑރ މުއިއްޒު މި އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަބްދުއްސަރައްތާރާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީއާ ވާދަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް