ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ޖޫން ކުރީކޮޅު ލުއި ދެވޭވަރުވާނެ

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް އަންނަ ޖޫން މަހުގެ ކުރީކޮޅު ރާއްޖެ އަންނަން ލުއި ދެވޭވަރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓް އިންޑިއާ ހިމެނޭ ގޮތަށ...

17 May 2021 | 08:21

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް އަންނަ ޖޫން މަހުގެ ކުރީކޮޅު ރާއްޖެ އަންނަން ލުއި ދެވޭވަރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓް އިންޑިއާ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާ ކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެއީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެޅި ފިޔަވަޅެކެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ސައުތު އޭޝިއާގެ ޓޫރިސްޓުންނަށް ވިސާ ދޫކުރުން ހުއްޓާލަން ނިންމި ނިންމުން މި މަސް ނިމުމުގެ ކުރިން ރިވިއު ކުރާނެ ކަމަށެވެ. އަދި ބޭނުން ވަނީ އަންނަ މަސް ފެށޭއިރު މި ސަރަހައްދުގެ ޓޫރިސްޓުންނަށް ލުއިތަކެއް ދިނުން ކަމަށް ވެސް އެ ޓްވީޓުގައި ބުންޏެވެ.

https://twitter.com/MoTmv/status/1394141443338366977

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެކުނު އޭޝިއާގެ ޓޫރިސްޓުން އައުން މަޑުޖައްސާލި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އެހާ ބޮޑު އަސަރެއް ނުކުރާނެ އެވެ. ނަމަވެސް އިންޑިއާއަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށްވާތީ އެ މާކެޓުން ބޮޑު އަސަރެއް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް