އައްޑޫ ސިޓީން 15 މީހަކު ކޯވިޑް-19އިން ފަސޭހަވެއްޖެ

އައްޑޫ ސިޓީން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 15 މީހަކު ބަލިން ފަސޭހަވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާއި ހަމައަށް ބައްޔަށް ފައްސިވި 15 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވ...

17 May 2021 | 07:18

އައްޑޫ ސިޓީން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 15 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާއި ހަމައަށް ބައްޔަށް ފައްސިވި 15 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. އަދި އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

15 މީހަކު ބަލިން ފަސޭހަވިއިރު އިއްޔެ އައްޑޫން ވަނީ އިތުރު 8 މީހަކު ބައްޔަށް ފައްސި ވެސް ވެފައެވެ. އެއީ ހިތަދޫން 4 މީހުން، ހުޅުދޫން 3 މީހުން އަދި ފޭދޫން 1 މީހަކުއެވެ. މިއާއެކު ހިތަދޫގައި ކޯވިޑް-19ގެ އެކްޓިވް 32 ކޭސް، ފޭދޫގައި ހަތް ކޭސް، ހުޅުދޫގައި 55 ކޭސް އަދި މީދޫގައި 11 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ފެނުނު ކޭސްތަކާއެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 92 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް