އައްޑޫ އާއި ފުވައްމުލަކު ކައުންސިލަށް އަލަށް ހޮނުވު ކައުންސިލަރުން ހުވާކޮށްފި

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލަށް އަލަށް ހޮނުވު ކައުންސިލަރުން ހުވާކޮށްފި އެވެ. އައްޑޫ ސިޓީ ކައުންސިލް މޭޔަރާއި މެމްބަރުން އަދި ޑަބްލިއުޑީސީގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ...

17 May 2021 | 07:11

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލަށް އަލަށް ހޮނުވު ކައުންސިލަރުން ހުވާކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލް މޭޔަރާއި މެމްބަރުން އަދި ޑަބްލިއުޑީސީގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހިތަދޫ އައްޑޫ ހައި ސްކޫލްގައި އެވެ.

އައްޑޫސިޓީގެ 12 ގޮނޑީގެ ތެރެއިން ހަ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ. ތިން ގޮނޑި ޕީޕީއެމްއިން އަދި ތިން ގޮނޑި އަމިއްލަ ކެނޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މޭޔަރުކަން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ އަލީ ނިޒާރެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރުކަން ކަން ކާމމިޔާބުކޮށްފައިވަނީ އެމްޑީޕީގެ އިސްމާއިލް ރަފީގެވެ. އެ ސިޓީ ކައުންސިލްގައި ހަ މެމްބަރުން ތިއްބަވާއިރު އަންހެނުންނަށް ހާއްސަ ގޮނޑިއަކާއި ކައުންސިލްގެ ތިން ގޮނޑިއާއި އެކު ހަތަރު ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ އެމްޑީޕީންނެވެ.

އިދިކޮޅު ޕީޕީއެމްއަށް ލިބިފައިވަނީ ކައުންސިލްގެ ގޮނޑިއަކާއި އަންހެނުންނަށް ހާއްސަ ގޮނޑިއެކެވެ.

ފުވައްމުލަކު ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހަ މެމްބަރުން ހޮވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ތިން މެމްބަރުންނާއި ޕީޕީއެމްގެ ދޭއް އަދި އަމިއްލަ މެމްބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް