ކުޅުދުއްފުށި ސީޓީއަކަށް ބަދަލުވިފަހުން ހޮވި ފުރަތަމަ މޭޔަރާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ހުވާކޮށްފި އެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އެ ސީޓީގެ ނޮދާރން އޮފީސް ކޮމްޕްލެކްސް ހޯލުގައި އެވެ. މޭޔަރާއި ކައުންސިލަރުން އަދި ޑަބްލިއުޑީސީގެ މެމްބަރުންނަށް ހުވާ ލައިދެއްވީ ކައުންސިލަރުންނަށް ހުވާލައި ދެއްވީ ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒް އަލީ އާދަމް އެވެ.
ކުޅުދުއްފުށީގެ މޭޔަރަކީ އެމްޑީޕީގެ މުހައްމަދު އާތިފެވެ. ކައުންސިލަށް ދެން ހޮވައިވާ ހަ މެމްބަރުންނަކީވެސް އެމްޑީޕީގެ މެމްބަރުންނެގެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނަށް ހާއްސަ ދެގޮނޑިއާއި ކައުންސިލް މެމްބަރު ކަމުގެ ހަތަރު ގޮނޑި އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ހަ މެމްބަރުން އިންތިހާބުކޮށްފައިވެ އެވެ. އެ ހުރިހާ މެމްބަރުން މިއަދު ހުވާކޮށްފައިވާއިރު އެ ކޮމިޓީގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު ޕީޕީއެމްއިންނެވެ.
ޑަބްލިއުޑީސީގެ ހަތަރު ގޮނޑި ޕީޕީއެމްއިން ކާމިޔާބުކޮށްފައިވެ އެވެ. އެމްޑީޕީއަށް ލިބިފައިވަނީ ކޮމިޓީގެ ދެ ގޮނޑި އެވެ.
ސިޓީ ކައުންސިލް މެމްބަރުން ހުވާކޮށް އިގުރާރުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވި ނަމަވެސް ޑެޕިއުޓީ މޭޔަރު ހޮވުން އޮންނާނެ ގަޑިއާއި ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް