މާލެސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ހުވާ ކުރައްވާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ޕީޕީއެމްގެ މޭޔަރު މާލޭސިޓީގެ މޭޔަރުކަން ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީއެވެ.
މާލެސިޓީ ކައުންސިލްގެ މެޖޯރިޓީވެސް މިފަހަރު ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. މިއީ ޕީޕީއެމްގެ މެޖޯރިޓީއެއް އޮންނަ ކައުންސިލެއް މާލެސިޓީގައި އޮންނާނެވެސް ފުރަތަމަ ފަހަރެވެ.
ޕީޕީއެމުން މާލެސިޓީ ކައުންސިލްގެ 11 ގޮނޑިއެއް ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޖުމްހުރީ ޕާޓީން ގޮނޑިއެއް ކާމިޔާބު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް