އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާ އެމްޓީސީސީއިން ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ 2021 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފިއެވެ. އެމްޓީސީސީއިން  "ފަހިވޯޓު" މެދުވެރިކޮށް ބާއްވާފައިވާ މި ޖަލްސ...

16 May 2021 | 20:15

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ 2021 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފިއެވެ.

އެމްޓީސީސީއިން  "ފަހިވޯޓު" މެދުވެރިކޮށް ބާއްވާފައިވާ މި ޖަލްސާގައި 19 ޙިއްސާ ދާރުން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 155 ޙިއްސާދާރުން ތަމްސީލު ކުރެވުނެވެ. ޖަލްސާގައި މުޅިއަކު ތަމްސީލުވީ 174 ޙިއްސާދާރުން ކަމަށާއި އެއީ މުޅިއަކު 778,590,5 ޙިއްސާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި ޖަލްސާގައި 2020 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، ކުންފުނީގެ ހިންގާ ޤަވާއިދަށް

ގެނެސްފައިވާ އިސްލާޚު ފާސްކުރެވިފައިވެއެވެ.

164 މެމްބަރުން ވޯޓާއެކު، ކުންފުނީގެ އަސާސީ ޤަވާޢިދަށް އިސްލާޙު ގެނެސްފައިވެއެވެ. އެގޮތުން ގެނައި އިސްލާހަކީ، އެ ކުންފުނީގެ ބޯޑުގައި ތިއްބަވާ ޑިރެކްޓަރުންގެ މަޤާމު، ދެ އަހަރަށް އިތުރުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް