ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 99ށް

ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 99ށް އަރައިފިއެވެ. އެޗްޕީއޭއިން ބުނެފައި ވަނީ، މިރޭ12:14 ގައި ނިޔާވެފައި ވަނީ އުމުރުން64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ޑީއެޗް11 ގައި އެޑްމިޓްކޮ...

16 May 2021 | 20:07

ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 99ށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ، މިރޭ12:14 ގައި ނިޔާވެފައި ވަނީ އުމުރުން64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ޑީއެޗް11 ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ބަލިމީހެއްކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

މިރޭ ކުރިންވެސް ކޮވިޑްގައި މީހަކު ނިޔާވެފައި ވެއެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިރޭ 10:44 ހާއިރު ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ، މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް މިވަނީ ގިނަވާން ފަށާފައެވެ.

އެގޮތުން މާލެ ސަރަހައްދުން ކޯވިޑް-19 އަށް ޓެސްޓު ކުރާ ކޮންމެ ތިން މީހަކުން އެކަކު ކޯވިޑް-19 އަށް ޕޮސިޓިވްވަމުންދާ ކަމަށް އެޗްއީއޯސީން މިރޭ ބުނެފައިވެއެވެ.

އަދި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ވޯޑުތައްވެސް ކޯވިޑް-19 އަށް ފަރުވާދޭ ތަންތަނަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް