އޭވިއޭޝަން ސެކިޔުރިޓީގެ ކޮމާންޑަރަކަށް މޭޖަ ރިޓަޔާޑް އަހުމަދު ފައިސަލް

އޭވިއޭޝަން ސެކިޔުރިޓީގެ ކޮމާންޑަރަކަށް މޭޖަރ ރިޓަޔާޑް އަހުމަދު ފައިސަލް، ރައީސް އަބްދުﷲ ޔާމީން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ފައިސަލަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޮޑީގާޑަކަށް ގިނަ...

17 May 2017 | 16:02

އޭވިއޭޝަން ސެކިޔުރިޓީގެ ކޮމާންޑަރަކަށް މޭޖަރ ރިޓަޔާޑް އަހުމަދު ފައިސަލް، ރައީސް އަބްދުﷲ ޔާމީން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ފައިސަލަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޮޑީގާޑަކަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ސިފައިންގެ އިސް އޮފިސަރެކެވެ. އަދި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ކޮމާންޑަރަކަށް ވެސް އޭނާ ހުންނެވި އެވެ.

އޭވިއޭޝަން ސެކިއުރިޓީގެ ކޮމާންޑާރަކަށް އެންމެ ފަހުން ހުންނެވީ މޭޖަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ އިދާރާ އުފެއްދީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގާނޫނުތަކާއި ރައްކާތެރިކަން ބެލެހެއްޓުމާބެހޭ އެންމެހައި ހިދުމަތްތައް ފޯރުކޮށްދޭނެ މިންގަނޑުތަކާއި ފެންވަރުތައް ކަނޑައެޅުމަށެވެ.

ފައިސަލްއަކީ ސިފައިންގެ ޚިދުމަތުގައި ގާތްގަނޑަކަށް 28 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ފައިސަލް  އެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިދާރާއެއް އުފެއްދެވީ 2013 ވަނަ އަހަރު އެވެ.

އަދި މިއީ މި މަގާމަށް ސިފައިންގެ ޚިދުމަތުގައި މިހާރު ނޫޅުއްވާ ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް