އިންޑިއާގެ ކުއްޖަކު ހެދި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓް ނާސާއިން އިފްތިތާޙުކުރަނީ

ޖައްވުގެ ތާޢުލީމަށް ޚާއްޞަ ޝައުގުވެރިކަމެއް ހުންނަ ރިފަތު ޝާރޫކް ކިޔާ އިންޑިއާގެ ކުއްޖަކު ހެދި މިހާތަނަށް ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ލުއި ސެޓެލައިޓް ނާސާއިން އިފްތިތާޙުކުރުމަށް ނިންމައިފި އެވެ. ...

17 May 2017 | 09:39

ޖައްވުގެ ތާޢުލީމަށް ޚާއްޞަ ޝައުގުވެރިކަމެއް ހުންނަ ރިފަތު ޝާރޫކް ކިޔާ އިންޑިއާގެ ކުއްޖަކު ހެދި މިހާތަނަށް ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ލުއި ސެޓެލައިޓް ނާސާއިން އިފްތިތާޙުކުރުމަށް ނިންމައިފި އެވެ.

ކަލަމްސެޓް ކިޔާ އެ ސެޓެލައިޓް މިއަންނަ ޖޫން މަހުގެ 21 ގައި އިފްތިތާޙުކުރާނެ އެވެ. ކަލަމްސެޓް އަށް ނަންދީފައިވަނީ އިންޑިއާގެ ކުރީގެ ރައީސް އަދި ނިއުކްލިއާ ސައިންޓިސްޓް އޭޕީޖޭ އަބްދުލް ކަލާމްގެ ހަނދާނުގަ އެވެ.

އުމުރުން 18 އަހަރުގެ ޝާރޫކް

ޝާރޫކް ހެދި އެ ސެޓެލައިޓް ޚާއްޞަ ސަމާލުކަމެއް ލިބުނީ ނާސާއާއި އައި ޑޫޑުލް ލާނިންގާއި ގުޅިގެން ބޭއްވި "ކިއުބްސް އިން ސްޕޭސް" މުބާރާތުގެ ތެރެއިންނެވެ.

ތްރީޑީ ޕްރިންޓިންގް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެ ސެޓެލައިޓަކީ ސަބް އޯބިޓަލް ފްލައިޓެއްކަމަށާއި އަދި އެ ސެޓެލައިޓް ލޯންޗުރުމުން 240 މިނެޓް ވަންދެން އޭގޭ މިޝަން ކުރިއަށްދާނެ ކަމަށް ޝާރޫކް ބުންޏެވެ. އަދި ޖައްވުގައި މައިކްރޯ ގްރެވިޓީ އެންވައިރަމެންޓެއްގައި އެ ސެޓެލައިޓް 12 މިނެޓް ވަންދެން މަސައްކަތް ކުރާނެ އެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން ބަސްދީގަތުމެއްގައި ޝާރޫކް ބުނީ އެ ސެޓެލައިޓުގެ އެންމެ ބޮޑު މަޤުޞަދަކަށްވާނީ ތްރީޑީ ޕްރިންޓެޑް ކާބަން ފައިބާގެ ގާބިލުކަން ދައްކާލުންކަމުގައި އެވެ.

އެ ސެޓެލައިޓްގައި އާ ވައްތަރެއްގެ އޮންބޯޑް ކޮންޕިއުޓާއެއްގެ އިތުރުން ރޮޓޭޝަނާއި އެކްސެލެރޭޝަން އަދި ދުނިޔޭގެ މެގްނެޓޯސްފިއާ ދެނެގަތުމަށް ޚާއްޞަކޮށް 8 ބިލްޑްއިން ސެންސަރު ހަރުކޮށްފައިވެ އެވެ. ޝާރޫކް ބުނީ ސެޓެލައިޓް ހެދުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ 64 ގުރޭމްސްގެ 4 މީޓަރުގެ ކިއުބެއް ދުނިޔޭން ބޭރަށް އުދުއްސަވާލެވޭނެގޮތައް ތައްޔާރުކުރަން ޖެހުމުންނެވެ.

ސެޓެލައިޓް ހެދުމަށް ޝާރޫކްއަށް ފަންޑުކޮށްދިނީ ސްޕޭސް ކިޑްޒް އިންޑިއާ ކިޔާ ޖަމިއްޔާއަކުންނެވެ. ޝާރޫކްއަކީ ނަސާ ކިޑްސް ކްލަބުގެ ސަބްސްކުރައިބާ އެއްވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް