ބޮލީވުޑްގެ ޖޯޑު ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ހާންގެ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާން ގޮވައިގެން ރޭ ވަނީ ދެވަނަ ފަހަރަށް ބޭރަށް ނިކުމެފައި އެވެ.
ކަރީނަ ދިޔަކަމަށް ވަނީ ތައުމޫރު ގޮވައިގެން ކާރު ދުއްވާލާށެވެ. ކާރުގައި ޑްރައިވަރާއި އެކު އިތުރު އަންހެނެއް އިނެވެ. އެ އަންހެން މީހާ އަތުގައި ތައިމޫރު އޮތްތައް ޕަޕަރާޒީންނަށް ފެނިފައިވާ އިރު ތައިމޫރު ވަރަށް ބޮޑަށް ފޮރުވަން އުޅުނު ކަހަލަ ގޮތަކަށް އެމީހުންގެ އަމަލުތައް ހުރި ކަމަށްވެ އެވެ.
އެހެންވެ ފޮޓޯތަކަށް އަރާފައިވަނީ ތައިމޫރުގެ ބޯކޮޅެވެ. މިހާތަނަށް އިންޑިއާގެ މީޑިއާއަށް ވަނީ ސައިފް އާއި ކަރީނާ ދަރިފުޅުގެ ރަނގަޅު ފޮޓޯއެއް ލިބޭގޮތް ނުވެފަ އެވެ. އެއީ އެމީހުން ތައިމޫރު ބޭރަށް ނުނެރުމާއި އެންމެ ފުރަތަމަ ތައިމޫރު ބޭރަށް ގޮވައިގެން ދިޔަ ދުވަހު ކެމެރާތަކަށް ނޭނގޭ ގޮތަށް ތައިމޫރު ގެންގުޅުމުން އެ ދުވަހު ތައިމޫރުގެ އެންމެ ފޮޓޯއެއްވެސް ނެތުމުންނެވެ.
މިހާތަނަށް ތައިމޫރުގެ ފޮޓޯއެއްގެ ގޮތުގައި އާންމުވެފައިވަނީ ކަރީނާ ގޭތެރޭގައި ދަރިފުޅު އުރާލައިގެން ހުންނަ ފޮޓޯ އަކާއި ސައިފް އަތުގައި އިންނަ ކުރެހުމަކުން ތައިމޫރު ފެންނަ ފޮޓޯ އެކެވެ. އިތުރު ފޮޓޯ އެއް އެ ދެމަފިރިން ހިއްސާ ކޮށްފައި ނުވާއިރު އާއިލާއިންވެސް ތައިމޫރުގެ ފޮޓޯއެއް ހިއްސާއެއް ނުކުރެ އެވެ.
އަދި ކުރެހުމުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ފުރަތަމަ ކަރީނާ ރުޅި އައި ކަމަށް ސައިފް ބުނެފައިވާތީ ކަރީނާ އުރާލައިގެން ހުންނަ ކުޑަކުއްޖާ އަކީ ތައިމޫރު ކަމާ މެދު މީޑިއާގައި ވަނީ ސުވާލު އުފައްދާފައި އެވެ.
އެ ދެ ތަރިންނަށް ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ. ތައިމޫރު ލިބުނީ މިދިޔަ ޑިސެމްބަރު 20 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް