މަޖީދީ މަގު މަރާމާތު ކުރުމަށް ހައުސިން މިނިސްޓްރީން ކުރިޔަށް ގެންދާ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި އެވެ.
މެދުކަނޑާލި އިރު މިހާރު މަސައްކަތް ކުރިޔަށް ދަނީ އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުގައި އެވެ.
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރޯދަ މަހަށް މަޖީދީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މެދުކަނޑާލުމަށް ފަހު މަގު އަލުން ހުޅުވާފައިވާ ކަމަށެވެ. އަދި އަލުން މަސައްކަތް ފެށޭނީ ފިތުރު އީދު ދުވަހަށް ފަހު ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/MMuizzu/status/864656761751429120?ref_src=twsrc%5Etfw&ref_url=https%3A%2F%2Fsun.mv%2F90012
މާލޭގެ މަގުތައް މަރާމާތު ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން މަޖީދީ މަގުގެ ގާތަށް ނަގައި ފެން ހިންދާ ނިޒާމު ރަނގަޅުކޮށް، އަލު ގާ އަތުރައި ޕޭމަންޓުވެސް ދަނީ ހަދަމުންނެވެ. އަދި ނުކުޅެދޭ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް މަގުތައް ހަދައި އަލިފާން ނިވާ ނިޒާމުވެސް ދަނީ ގާއިމް ކުރަމުންނެވެ.
މަޖީދީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ދުވަހުއެ މިނިސްޓްރީން ބުނީ މަޖީދީ މަގުގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ނިމޢޭނެ ކަމަށެވެ.
މާލޭ މަގުތައް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން 13 މަގެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖީދީ މަގާއި އަމީނީ މަގު، އަމީރު އަހްމަދު މަގު، ޗާންދަނީ މަގު، އޯކިޑު މަގު، ލޮނުޒިޔާރަތް މަގު، ހަވީރީ ހިނގުން އަދި ހަނދުވަރީ ހިނގުން، އިއްޒުއްދީން މަގު، ކަނބާ އައިސާރަނި ހިނގުމުގެ އިތުރުން ބުރުޒު މަގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް