ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ހަނީފު ހައްޔަރު ކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އޭނާ ގޭގައި އުޅުއްވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތިން މުއްދަތު ޖަހާފައިވެ އެވެ.
ފުލުހުން ބުނީ ހަނީފު ގޭ ބަންދަށް ބަދަލު ކުރީ މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ކުރި އަމުރަކާއި ގުޅިގެން ކަމަށެވެ. ހަނީފު ގޭ ގަންދުކޮށްފައި ވަނީ 15 ދުވަހަށެވެ.
ހަނީފުގެ މައްޗަށް ކޮށްފައިވަނީ ބަޔަކު ލައްވާ ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތެވެ. އަދި ހައިކޯޓުން ވަނީ ހަނީފު ދޫކޮށްލައިފި ނަމަ އެއީ މުޖުތަމައުއަށް ނުރައްކާތެރި ކަމެއް ކުރިމަތިވެދާނެ ކަމެއް ކަމުން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރަށް ތާއީދުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް