އިންޑިޔާގައި ރޭޕްކުރި 10 އަހަރުގެ ކުޑަކުއްޖަކު ބަނޑުބޮޑުވުމުން ދަރި ވައްޓާލުމުގެ ހުއްދަ ދީފި އެވެ.
ހަރްޔާނާގެ ޑޮކްޓާރުންގެ ޕެނަލެއް ބައްދަލު ކުރުމަށްފަހު މި ކުޑަކުއްޖާއަށް ދަރި ވައްޓާލުމުގެ ހުއްދަ ދީފައިވަނީ އޭނާގެ ޅަ އުމުރަށް ބެލުމަށްފަހުގަ އެވެ. އިންޑިޔާގެ ގާނޫނުގައި ބަނޑަށް 20 ހަފްތާ ވުމަށްފަހު އަންހެން މީހާގެ ފުރާނައަށް ނުރައްކާ ވާ ހާލަތެއްގައި ނޫނީ ދަރި ވައްޓާލުމުގެ ހުއްދައެއް ނުދެ އެވެ.
މި ކުއްޖާ ބަޑުބޮޑުވިތާ ފަސްމަސް ވެފައިވާ ކަމަށާއި އޭނާ ރޭޕް ކޮށްފައިވަނީ އޭނާގެ ދޮން ބައްޕަ ކަމަށް އިންޑިޔާގެ ފުލުހުން ހާމަކުރެ އެވެ. އަދި މި ފިރިހެން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ހާމަ ކުރެއެވެ.
މި ކުއްޖާގެ ދޮން ބައްޕަ އޭނާއަށް ގިންސީ ގޯނާކުރާކަން ހާމވެފައިވަނީ މި ޢަމަލު ހިންގާތާ އެތައް ދުވަހެއް ފަހުންނެވެ. މި އަނިޔާތައް އެ ކުއްޖާއަށް ކުރަނީ އޭނާގެ މަންމަ މަސައްކަތަށް ދާ ގަޑިޔާ ދިމާ ކޮށް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ. އިންޑިޔާގެ ކުޑަ ކުދިންނަށް ކުރާ ޖންސީ އަނިޔާ ގިނަ ފަހަރު ކޮށްފައިވަނީ އާއިލީ މީހެއް ނުވަތަ ޓީޗަރެކެވެ.
އިންޑިޔާ އަކީ މިފަދަ އަމަލުތައް އެންމެ ގިނައިން ހިނގާ އެއް ޤައުމެވެ. ވަރަށް ފަހުންވެސް ގޭންގް ރޭޕްގެ ދެ މައްސަލައެއް މުޅި އިންޑިޔާ ހައިރާން ކޮށްލި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް