މިއީ ނަމޫނާ އަންހެނެއް!

ގިނަ ފަހަރަށް އުމުރުން 50 އަހަރު ވުމުން ބަލިވީއޭ ނުވަތަ ކަސްރަތު ހުއްޓާލަން ވެއްޖެއޭ ބުނާ މީޙުންގެ އަދަދު މަދެއް ނޫނެވެ. އެކަމަކު އިންޑިއާގެ މި އަންހެން މީހާއަކީ ކަސްރަތުކުރުމުގައި އުމުރަށް ވިސްނާ މީހ...

17 May 2017 | 06:33

ގިނަ ފަހަރަށް އުމުރުން 50 އަހަރު ވުމުން ބަލިވީއޭ ނުވަތަ ކަސްރަތު ހުއްޓާލަން ވެއްޖެއޭ ބުނާ މީޙުންގެ އަދަދު މަދެއް ނޫނެވެ.

އެކަމަކު އިންޑިއާގެ މި އަންހެން މީހާއަކީ ކަސްރަތުކުރުމުގައި އުމުރަށް ވިސްނާ މީހެއް ނޫނެވެ.

އުމުރުން 78 އަހަރުގެ އުޝާ ސޯމަން ދެކޭ ގޮތުގައި އޭނާގެ މި އުމުރަކީ އިތުރަށް ވަރުގަދަވާން ޖެހޭ އުމުރެވެ. އުޝާ އަކީ ކުރީގެ ޓީޗަރެއްގެ އިތުރުން ބައޯކެމިސްޓެއްވެސް މެއެވެ.

https://www.instagram.com/p/BUIzm3ZA90e/

އިންޑިޔާގެ މަޝްހޫރު ދުވުންތެރިއެއް އަދި މޮޑެލް އެއް ކަމަށްވާ މިލިންދް ސޯމަން މަންމަމެންގެ ދުވަހު އިންސްޓާގްރާމަށް ލައިފައިވާ ވީޑިއޯއިން ފެނިގެންދަނީ އޭނާގެ މަންމަ އުޝާ ޕްލޭންކް އެކްސާސައިޒް އޭ ކިޔާ ކަސްރަތު އެއް މިނެޓާއި 20 ސިކުންތު ވަންދެން ކުރާތަނެވެ. މިއީ ވަރަށް މަދު ބަކަށް ވާ ކަމެކެވެ.

ޕްލޭންކް އެކްސާސައިޒަކީ ފައިގެ އިނގިލީގެ ކޮޅު ޖައްސައި އަތުގެ ބޮޑުބައި ޖައްސައިގެން ހަށިގަނޑު މައްޗައް އުފުއްލައިގެން ގިނަ އިރު ވަންދެން އޮންނަންޖެހޭ ކަސްރަތެކެވެ.

https://www.instagram.com/p/BIpA2u1h9sq/

މީގެ ކުރިން އުޝާ ވަނީ ގްރޭޓް އިންޑިޔާ ރަން ގައި ބައިވެރިވެ 570 ކިލޯ މީޓަރަށް ދުވެފަ އެވެ. މި ދުވުމުގައި އުޝާ ވަނީ އެހެމްދާބާދުން ފެށިގެން މުމްބައި އާއި ހިސާބަށް ދުވަފަ އެވެ. މި ދުވުމުގައި އޭނާގެ ދަރިފުޅު މިލިންދް ވެސް ވަނީ ބައިވެރި ވެފަ އެވެ.

އުޝާ އޭނާގެ ހުރިހާ ކަސްރަތުތަކެއް ކޮށްފައިވަނީ ސާރި އަޅައގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް