ވިއްސާރައިގަ ވައި ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި

އިއްޔެ ފެށުނު ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލަޓު ނެރެފި އެވެ. މޫސުމާ ބެހޭ ގައުމި އިދާރާ (މެޓް އޮފީސް) އިން ބުނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަ...

17 May 2017 | 06:23

އިއްޔެ ފެށުނު ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލަޓު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމި އިދާރާ (މެޓް އޮފީސް) އިން ބުނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރާއި މެދު ރާއްޖެ ތެރެއަދި ދެކޮޅުނުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. ވައިޓް އެލަޓު ނެރެފައިވަނީ ހެނދުނު 11:30 ން ހަވީރު 5:30 ށެވެ.

މި ވަގުތުތަކުގައި މުޅި ރާއްޖެއަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 23 މޭލާއި 29 މޭލުގެ ބާރު މިނުގައި އެވެ. އެކަމަކު ބޯކޮށް ވާރޭވެހި ވިލާ ގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ވައިޓް އެލަޓު ނެރެނީ ސަލާމަތީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާއެއް ކުރިމަތިވެދާނީ ކޯސްޓްގާޑުން ވަނީ ކަނޑުދަތުރުކުރުމުގއި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ. މެޓް އޮފީހުން ބުނެފައިވަނީ ކުރިޔަށް އޮތް ހަފްތާގައިވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް