އިރާނުގައި ދުރުހިލޭ މީހަކާ ޖިންސީ ގުޅުން ހިންގި އަންހެނަކަށް 74 އެތިފަހަރުން ހައްދު ޖެހުމަށްފަހު ދެ އަހަރު ވަންދެން މައްޔިތުން ހިނަވަން ޖައްސައިފި އެވެ.
އިރާނުގެ ތެހެރާނުގެ ކޯޓަކުން މި ހުކުމް އިއްވާފައިވަނީ އުމުރުން 35 އަހަރުގެ އަންހެނެއްގެ މައްޗަށެވެ. އެ އަންހެންމީހާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ކައިވެނިކޮށްގެން ހުރެ ކައިވެނީގެ ބޭރުން ދުރުހިލޭ މީހަކާ ޖިންސީ ގުޅުން ހިންގި މައްސަލައިގަ އެވެ. އެ މައްސަލައަށް ފުރަތަމަ އެ އަންހެންމީހާ އިންކާރު ކުރި ނަމަވެސް ކޯޓުން ހެކި ދެއްކުމުން އެ އަންހެންމީހާ ވަނީ އެ ކުށަށް އިއުތިރާފު ވެފަ އެވެ.
2013 ގެ ކުރިން އިރާނުގައި މި ކުށަށް ދެމުން ދިޔަ އަދަބަކީ ދަން ޖައްސާ މެރުމެވެ. ނަމަވެސް 2013 ވަނަ އަހަރު ވަނީ އެ ކުށަށް ދޭން ފެންނަ އަދަބު ކަނޑައަޅާނީ ކޯޓުން ކަމުގައި ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް