ފުރާވަރު ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ބަޔަކަށް ވުމަށް ބާރު އެޅިދާނެ ގޮތްތަކެއް!!

ފުރާވަރު އުމުރުފުރާގެ ކުދިންނަނީ އުޅުމާއި ހަށިގަނޑަށް އެ ދުވަސްވަރެއްގައި އެންމެ އަވަހަށް ބަދަލު އަންނަ އަންނަ އުމުރު ފުރާ އެވެ. މި ދުވަސްވަރަކީ މައިންބަފައިން ކުދިންގެ އަހުލާގައި އުޅުމަށް އަންނަ ބަދަ...

17 May 2017 | 04:12

ފުރާވަރު އުމުރުފުރާގެ ކުދިންނަނީ އުޅުމާއި ހަށިގަނޑަށް އެ ދުވަސްވަރެއްގައި އެންމެ އަވަހަށް ބަދަލު އަންނަ އަންނަ އުމުރު ފުރާ އެވެ.

މި ދުވަސްވަރަކީ މައިންބަފައިން ކުދިންގެ އަހުލާގައި އުޅުމަށް އަންނަ ބަދަލުތަކަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ދުވަސްވަރެކެވެ. އެކުދިން ކުރާ ކަންތަކާއި އުޅޭ ގޮތާއި ކިޔެވުމަށް ސަމާލުކަން ދޭ ވަރު މައިންބަފައިން ދެނެގަންނަން ޖެހެ އެވެ.

ހާއްސަކޮށް އެ އުމުރު ފުރާގައި އަމިއްލަ ނަފްސަށް އިތުރުބާރު ކުރާ ބަޔަކަށް ކުދިން ހެދުމަށް މައިންބަފައިން އެހީތެރިވެދޭން ޖެހެ އެވެ.

އިނގިރޭސިވިލާތުގެ ސައިކޮލިޖީ ސޮސައިޓީ އޮފް ބްރައިޓަން އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ފުރާވަރު ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކުދިންތަކަކަށް ހެދުމަށް އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރި ކުރުވައި، ކުޅިވަރު ކުޅުވުމަކީ މައިންބަފައިން ކުދިން ލައްވާ ކުރުވަން ޖެހޭ ކަންކަން ކަމަށެވެ. އަދި ރަހުމަތްތެރިންނާއި ބޮޑެތި މީހުންގެ ފަރާތުން އެއްބާރުލުން ކުދިންނަށް ދޭންޖެހެ އެވެ.

އެ ދިރާސާގައި އުމުރުން 10 އަހަރާއި 13 އަހަރާއި ދެމެދުގެ 484 ކުދިން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޑް ހައެއް، ހަތެއް އަދި އަށެއްގައި ތައުލީމު ހާސިލް ކުރާ ކުދިންނެވެ.

އެ ހުރިހާ ކުދިން ދީފައިވާ މައުލޫމާތުގައިވެސް ބުނެފައިވަނީ ކުޅިވަރެއް ކުޅުމަށް ނުވަތަ އިޖުތިމާއީ ކަމެއްގައި ބައިވެރިވުމަށް މައިންބަފައިން ނުވަތަ އެކުވެރިއަކު ބާރު އަޅާނަމަ ކަންކަން ކުރެވިދާނެ ކަމުގެ އިތުރުބާރު އަމިއްލައަށް އޮންނަ ކަމަށެވެ. އަދި ކުރިން ދާނެ ދާއިރާތަކާއި ބެހޭގޮތުން އަމިއްލަ އަށް ވިސްނެން ފެށާ ކަމަށެވެ. އެހެންވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެ ދިރާސާގެ އަލީގައި ފާހަގަވި އެންމެ މުހިންމު ކަމަކީ ކުދިންގެ ސިކުނޑީގެ މައްސަލަތައް ފެށޭ ހިސާބަކީ އެ އުމުރުފުރާކަން ދެނެގެނެވިފައިވާ ކަމަށެވެ. އެއީ ކަންކަމާ މާބޮޑަށް ވިސްނާ ކުރިޔަށް ދާނެ ގޮތަކާއި މެދު މީހުންގެ ލަފާ ހޯދަން އުޅޭތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް