އިސްލާމްދީނާއި ބެހޭގޮތުން ޓްރަމްޕް ބަސްދީގަތުމެއް ދެނީ !

އިސްލާމް ދީނާއި ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ބަސްދީގަތުމެއް ދިނުމަށް ހަމަޖެހިފައިވާކަމުގައި ވައިޓް ހައުސްއިން  ބުނެފި އެވެ. ވައިޓް ހައުސް އިން ބުނެފައިވަނީ އިސްލާމީ އަގީދާ އާއި ބެހޭ...

17 May 2017 | 03:41

އިސްލާމް ދީނާއި ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ބަސްދީގަތުމެއް ދިނުމަށް ހަމަޖެހިފައިވާކަމުގައި ވައިޓް ހައުސްއިން  ބުނެފި އެވެ.

ވައިޓް ހައުސް އިން ބުނެފައިވަނީ އިސްލާމީ އަގީދާ އާއި ބެހޭގޮތުން ޓްރަމްޕް ބަސްދީގަތުމެއް ދިނުމަށް ހަމަޖެހިފައިވަނީ ޓްރަމްޕް ސައުދީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ކަމަށެވެ.

ޓްރަމްޕް ސައުދީއަށް ވަޑައިގަންނަވަނީ ޔޫއެސް އަރަބް އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ރިޔާދު ސަމިޓްގެ ނަމުން ނަންދީފައިވާ މި ސަމިޓް ފެއްޓުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގަ އެވެ. މި ސަމިޓްގައި އިސްލާމީ ގައުމުތަކުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް