އަލަށް ފެށި "ދިޔާ އޯރް ބާތީ ހަމް" ގެ ސީކުއެލް އިން ސޫރަޖް ފެންނަން ފަށަނީ

އާންމުންގެ މެދުގައި މަގުބޫލު ކަން ހޯދި ސްޓާ ޕްލަސްގެ ޑްރާމާ ސީރީޒް "ދިޔާ އޯރް ބާތީ ހަމް" ނިންމާލިތާ ހަތް މަސް ފަހުން ފަށާއފިވާ އެ ޑްރާމާގެ ސީކުއެލް އިން އަނަސް ރާޝިދު (ސޫރަޖް) ވަރަށް އަވަހަށް ފެންނާނެ...

17 May 2017 | 03:30

އާންމުންގެ މެދުގައި މަގުބޫލު ކަން ހޯދި ސްޓާ ޕްލަސްގެ ޑްރާމާ ސީރީޒް "ދިޔާ އޯރް ބާތީ ހަމް" ނިންމާލިތާ ހަތް މަސް ފަހުން ފަށާއފިވާ އެ ޑްރާމާގެ ސީކުއެލް އިން އަނަސް ރާޝިދު (ސޫރަޖް) ވަރަށް އަވަހަށް ފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

"ތޫ ސޫރަޖް މެއިން ސާންޖް ޕިޔާޖީ" ގެނަމުގައި ފަށާފައިވަ ސީކުއެލްއިން ފެނިގެން ދަނީ ސަންދިޔާ އާއި ސޫރަޖްގެ ދަރިން ބޮޑުވެގެން އެ ކުދިންގެ ދިރިއުޅުމާއި ސޫރަޖްގެ މަންމަ (ބާބޫ) ގެ ގޭތެރޭގައި ހިނގާ ކަންކަމެވެ. "ދިޔާ އޯރު ބާތީ ހަމް" ނިންމާލީ ސޫރަޖް އާއި ސަންދިޔާގެ ކެރެކްޓަރު މަރާލުމަށް ފަހު އެވެ.

ސޫރަޖާއި ހަވާލާ ދީ ރިޕޯޓުތައް ބުނާގޮތުގައި މިފަހަރުގެ ބައިގަ އޭނާ ފެނިގެންދާނީ ހަގީގީ ރޯލަކުން ނޫނެވެ. މުޅިގެންވެސް ފެނިގެންދާނީ ބާބޫ ނުވަތަ އޭނާގެ އަންހެން ދަރިފުޅުގެ ހިޔާލަށް އަންނަ ކުރީގެ މަންޒަރުތަކުގައި އެވެ.

އެގޮތުން ދަރިފުޅަށް ފެންނަ ހުވަފެންތަކުގައި ސޫރަޖް ފެންނާނެ ކަމަށާއި އެކަހަލަ ރީތި މަންޒަރުތަކެއް ކުޅެން އެ ޝޯއިން އަލުން ޖާގަ ލިބުމުން އިހުސާސް ވަނީ އަމިއްލަ ގެއަށް ދެވޭހެން ކަމަށް ބުނެފައިވެ އެވެ. އަދި އެގޮތަށް ފެންނަ ފެނުމުގައި ސޫރަޖް ދޭ ނަސޭހަތް ބާބޫ އާއި ދަރިފުޅު ގަބޫލު ކުރާނެ ކަމަށްވެ އެވެ.

"ދިޔާ އޯރު ބާތީ ހަމް" ނިންމާލި ފަހުން ސޫރަޖް ހުރީ މަސައްކަތެއް ނެތި ހުސް ކޮށެވެ. މިދިޔަ ދުވަސް ކޮޅުގައި އޭނާ ވަނީ އައިލާއިން ދެއްކި މީހަކާ ކައިވެނި ކުރުމަށް ތައްޔާރުވެ އެންގޭޖުވެފައި އެވެ.

އިންޑިއާގެ އިމިގްރޭޝަން ދާއިރާގަ މަސައްކަތް ކުރާ ހީނާ ކިޔާ އެ އަންހެން ކުއްޖާ އާއި ސޫރަޖްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް