އިސްކަންދަރު ސްކޫލުން އަތްދަބަހެއް ވަގަށްނެގި މީހަކު ހޯދަނީ

އިސްކަންދަރު ސްކޫލުން އަތްދަބަހެއް ވަގަށްނެގި މީހަކު ހޯދަން، ފުލުހުން ވީޑިއޯ އާންމު ކޮށްފި އެވެ. ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ އިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ...

17 May 2017 | 03:21

އިސްކަންދަރު ސްކޫލުން އަތްދަބަހެއް ވަގަށްނެގި މީހަކު ހޯދަން، ފުލުހުން ވީޑިއޯ އާންމު ކޮށްފި އެވެ.

ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ އިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން  ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާ ހޯދަމުންދަނީ 2017 އޭޕްރީލް 13 ވަނަ ދުވަހުގެ ވަގުތެއްގައި އިސްކަންދަރު ސްކޫލް ގޯތިތެރޭގައި ހުރި ގޮނޑިއެއްގެ މަތީގައި ބާއްވާފައި އޮތް އަތް ދަބަހެއް ގެއްލިފައިވާ މައްސަލައަކާއި ގުޅިގެންކަމުގައި ފުލުހުން ބުނެ އެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް