ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުން ފެށިއްޖެ: މެޓް އޮފީސް

ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަ...

17 May 2017 | 03:14

ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ

މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި، މިއަހަރުގެ މޫސުން ވެގެންދާނީ މޫސުމީ ގޮތުން އާދައިގެ ހުޅަނގު މޫސުމަކަށް ކަމަށެވެ.

މެޓް އޮފީހުން ބުނީ އާންމުކޮށް ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ ކޮންމެ އަހަރެއްގެ މެއި މަހުގެ މެދުތެރޭގައި ކަމަށެވެ.

ހުޅަނގު މޫސުމަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިޔަށް އޮތް ފަސް ދުވަހަށް ކުރާނެ ކަމަށް ލަފާ ކުރެ އެވެ. އެގޮތުން ހުޅަނގާއި ހުޅަނގު ދެކުނުން ގާތްގަނޑަކަށް 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އަދި ވިލާގނަޑުގައި 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެތީ މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް