މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިޙާބުވެ ވަޑައިގެންފައިވާ ކައުންސިލަރުންނާއި ކުރީގެ ރަޢީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އެމްޑީޕީ ސެކްރެޓޭރިއެޓްގައި ފޯން ކޮންފަރެންސް މެދުވެރިކޮށެވެ.
މި ބައްދަލު ކުރެއްވުމުގައި ނަޝީދުވަނީ ކޮންމެ މެމެބަރަކާއި ވަކި ވަކިން ވާހަކަފުޅު ދައްކަވައި ކައުންސިލަރުންނަށް މަރުހަބާ ދަންނަވާ ފަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖެ ހިންގުމުގެ މުހިންމުކަމާއި އެނިޒާމުގެ ފުނޑު ފުނޑު ކޮށްލުމަށް ސަރުކާރުން ސިލްސިލާކޮށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ދޫނުދެއްވާ ކުރިއަށް ވަޑައިގަތުމަށް ރައީސް ނަޝީދު ހިތްވަރު ދެއްވި ކަމަށް އެމްޑީޕީން ބުންޏެވެ.
މި ބައްދަލުވުންތަކުގައި މިހާރު ސިޓީ ކައުންސިލްތަކުގައި ތިއްބެވި ކައުންސިލަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް