އޭޑީކޭ ހޮސްޕިޓަލުން ވައްކަން ކުރި ކަމުގެ ތުޙުމަތުގައި ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
އެމީހާ ހޯދުމަށް ފުލުހުން އާންމު ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ ސީސީޓީވީ ފްޓޭޖެކެވެ. އެމީހާ ވައްކަން ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ޕްރައިވެޓު ރޫމަކުންނެވެ.
ފުލުހުންބުނީ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއް ކަމުގައެވެ.
https://www.youtube.com/watch?v=8whHl1GwQdk
އަދި ފުލުހުން ވަނީ މި މީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް