މި ސަރުކާރުން އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ. މުއާޒް ކުރެއްވި ޓުވީޓެއްގައި މިހެން ...

17 May 2015 | 12:00

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ސަރުކާރާ ދެކޮޅަށް މެއި އެކެއް ގައި ކުރި މުޒާހަރާގެ ބައިވެރިންނަށް ނިސްބަތްކުރައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު "ރާއްޖެތެރޭ މީހުންނޭ" ވިދާޅުވި މައްްސަލާގައި އާންމުންގެ ތެރޭގައި އޭނާ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އަދި އެކަމަށް މައާފަށް އެދުމަށް ރިޔާޒަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

މުއާޒް ވިދާޅުވީ "މި ސަރުކާރުގައި ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ތިބޭނީ ފުރަތަމަ ދަރަޖައިގެ ދިވެހިން" ކަމަށެވެ. "އެއްވެސް ތަފާތުކުރުމެއް ނުވޭ،" މުއާޒް ވިދާޅުވެފައިވެ އެވެ.

https://twitter.com/SpokespersonMV/status/599884160442900480

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރިޔާޒު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވި ގޮތުގައި "ރާއްޖެތެރޭ މީހުން މާލެ އައިސް މާލޭ މަގުތައް މަތީ މުޒާހަރާކޮށް މާރާމާރީ ހިންގައި ފުލުހުންނަށް އަނިޔާކުރުމުގެ ފުރުސަތެެއް ދެނެއް ނުލިބޭނެ" އެވެ.

އޭގެ ފަހުން ވެސް، ތަކުރާރުކޮށް އެ ގޮތަށް ވިދާޅުވެ އޭނާ ޓްވީޓްކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް