ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ ދިއްގަރުގައި އިއުލާންކުރަން ނިންމައިފި

އަންނަ މަހު ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދިއްގަރުގައި އިއުލާންކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ދިއްގަރުގައި ވަގުތީ ނަތީޖާ އ...

17 May 2015 | 11:05

އަންނަ މަހު ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދިއްގަރުގައި އިއުލާންކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދިއްގަރުގައި ވަގުތީ ނަތީޖާ އިއުލާންކުރަން ނިންމީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު މެންބަރުންގެ އިއްތިފާގުންކަމަށެވެ. އަދި ޖޫން ހައެއް ގައި ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް އެ ކޮމިޝަންގެ ތިން މެމްބަރުން އެ ދާއިރާ އަށް ވަޑައިގަންނަވާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ މާލެއާއި ދާއިރާގެ ރަށްރަށުގައި އެކަންޏެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިިސް މައުމޫނާއި އިދިކޮޅު އެމްޑީޕީގެ އަހުމަދު ރާޒީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު އަހުމަދު އަދި ޝަމީމް އަލީ އެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމްކުރުުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް