މިދިޔަ މަހުގެ 25 ވަަނަ ދުވަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާއިން ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ.
މި ޓެލެތޯނަކީ ދިވެހި ރެޑް ކްރެސެންޓް އާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. މީޑިއާތަކުން ޓެލެތޯންގައި އިސްކޮށް ހަރަކާތްތެރިވަނީ ޓީވީއެމްއެވެ.
ޓީވީއެމްއިން މިއަދު ބުނީ ނޭޕާލަށް އެހީވުމަށް ކުރިޔަށޤ ގެންދާ ޓެލެތޯން ކުރިޔަށް ގެންދަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 12:30 ން އިރުއޮއްސި ހައެއް ޖަހަންދެން ކަމަށެވެ.
ނޭޕާލަށް އެހީވުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ 50،000 ޑޮލަރު ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން، ފުލުހުންނާއި އައިޖީއެމްއެޗް ގްރޫޕުން ވެސް ވަނީ ނޭޕާލަށް ފައިސާގެ އެހީ ދޭން ނިންމައިފަ އެވެ. އެގޮތުން މިއަދު ވަނީ އައިޖީއެމްއެޗު ގްރޫޕުން ހަދިޔާ ކުރާ 10،000 ޑޮލަރު ނޭޕާލް ރިލީފް ފަންޑާއި ހަވާލުކޮށްފަ އެވެ.
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި 8200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް