ބްރިޖު އަޅަން ހަދަންޖެހޭ ކަނޑުގެ ސައިޒްމިކް އިމޭޖިންގެ މަސައްކަތް ފަށައިފި

މާލެ އާއި ހުޅެލެއާ ދެމެދު ބްރިޖު އަޅަން ފެށުމަށް ކުރަންޖެހޭ ކަނޑުގެ ސައިޒްމިކް އިމޭޖިންގެ މަސައްކަތް މިއަދު ފަށައިފި އެވެ. އެމަސައްކަތް ފެށިކަން ހާމަކުރައްވާފައިވަނީ ހައުސިން މިނިސްޓަރު މުހައްމަދު މުއ...

17 May 2015 | 09:43

މާލެ އާއި ހުޅެލެއާ ދެމެދު ބްރިޖު އަޅަން ފެށުމަށް ކުރަންޖެހޭ ކަނޑުގެ ސައިޒްމިކް އިމޭޖިންގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމަސައްކަތް ފެށިކަން ހާމަކުރައްވާފައިވަނީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ސައިޒްމިކް އިމޭޖިން އަކީ ކަނޑުއަޑީގެ ފަސްގަނޑު އުފެދިފައިވާ ގޮތް ބެލުމަށް ކުރާ ދިރާސާ އެކެވެ. މި ދިރާސާގައި، އެ ސަރަހައްދެއްގައި އޮއި ހުންނަ މިންވަރާއި އޮއިވަރުގެ ބާރު މިނާއި ފަސްގަނޑުގައި ބާރު ހުރި މިންވަރު ފަދަ މުހިއްމު މައުލޫމާތުތައް ވެސް އެއްކުރާނެ އެވެ.

މިއަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފަށާނެ ކަން ހާމަކޮށްފައިވާ ބްރިޖުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށް ފަނީ ޓެކްނިކަލް އަދި ސައިންޓިފިކް މަސައްކަތްތަކެއް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މާލެ-ހުޅުލެ ބްރިޖު އަޅަން ނިންމާފައި ވަނީ ސުނާމީ ބިނާ ސަރަހައްދުން ފެށިގެން ހުޅުލޭގެ ރަންވޭގެ ދެކުނު ކޮޅާ ހިސާބަށެވެ. މި މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައިވެ އެވެ.

ބްރިޖްގެ އަޅަނީ ސުނާމީ ބިނާ ހުރި ތަނުން ކަމަށްވާތީ ސަރުކާރުން ވަނީ އެތަނުން ސުނާމީ ބިނާ ނެގުމަށް ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް