މަޖިލީހުން ފާސްކޮށްފި ނަމަ މިއަހަރުވެސް ރޯދަ އިނާޔަތް ހަމަހަމަކޮށް ދެވިދާނެ

ރޯދަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާއެކު މިއަހަރު ދޭން ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބ...

17 May 2015 | 09:30

ރޯދަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާއެކު މިއަހަރު ދޭން ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ޖިހާދު ވިދާޅުވީ ހަމަހަމަ ކަމާއެކު ރޯދަ އިނާޔަތް ދިނުމަށް ފާސްކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް މަޝްރޫއަކަށް ބުރުލެއް ނާރާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އެންމެ ކުޑަވެގެން ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ހަމަޖެއްސުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކޮށް ލިބޭނެ ގޮތް ހެދުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

ނިިހާން ވިދާޅުވީ އެންމެންްނަށް ހަމަހަމަކޮށް ރޯދަ އިނާޔަތް ދިނުމަށް މިއަހަރުވެސް 36 މިލިއަން ރުފިޔާ ވަރު ބޭނުންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް