ދިވެހިން ހަދިޔާ ކުރި ގެތަކުގައި ގާޒާ މީހުން ދިރިއުޅެން ފަށައިފި

އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ހިންގި އުދުވާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ހިންގި ޓެލެތޯނުން ލިބުނު ފައިސާ އިން ގާޒާގައި އިމާރާތް ކުރި ގެތަކުގައި މީހުން ދިރިއުޅ...

17 May 2015 | 08:31

އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ހިންގި އުދުވާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ހިންގި ޓެލެތޯނުން ލިބުނު ފައިސާ އިން ގާޒާގައި އިމާރާތް ކުރި ގެތަކުގައި މީހުން ދިރިއުޅޭން ފަށައިފި އެވެ.

ގަތަރު ރެޑް ކްރެސެންޓް މެދުވެރިކޮށް ހިންގި މަޝްރޫއުން ގާޒާގައި 100 ގެ އިމާރާތްކޮށްފައިވެ އެވެ. އަދި އެ ގެތަކުން 700 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެ އެވެ.

އިޒުރާއީލުން ހިންގި އުދުވާނުގައި ފަސްލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވިއްސިވިހާލި ކޮށްލުމުން ދިވެހި މީޑިއާ އިން ހިންގި ހަރަކާތުން 1.9 މިލިއަން ޑޮލަރު ގަދަރު ރެޑް ކްރެސެންޓް މެދުވެރިކޮށް ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވެ އެވެ.

ގަތަރު ރެޑް ކްރެސެންޓުން ބުނި ގޮތުގައި ކޮންމެ ވަގުތީ ހިޔަލެއްގައި ނިދާ ކޮޓަރިއެއްގެ އިތުރުން ފާހާނާ އަކާއި ބަދިގެއެއް ހުންނާނެ އެވެ. އަދި މީހުން ދިިރިއުޅުމަށް ބޭނުންވާނެ ފެނާއި ކަރަންޓު ފަދަ އަސާސީ ވަސީލަތްތައް ވެސް ގާއިމްކޮށްފައިވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ގަތަރުގެ ރެޑް ކްރެސެންޓުން ބުނީ އެ ގެތައް ގާޒާގެ މީހުންނަށް ހަވާލު ކުރުމާ އެކު އެގެ ތަކުގައި ދިރިއުޅޭ މީހުންނަށް 25،000 ޑޮލަރު (385500 ރުފިޔާ) ވެސް ހަދިޔާކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް