ކުޑަކުދިންނާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، 400 އަށް ވުރެ ގިނަ މައްސަލަ ރޯދަ މަސް ފެށުމުގެ ކުރިން ތަހުގީގު ނިންމުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ވަނީ މި އޮޕަރޭޝަނަށް " އޮޕަރޭޝަން ލޯޑް އޯވާ" ގެ ނަމުން ނަން ދީފަ އެވެ.
ފުލުހުން ބުނީ ރޯދަ މަސް ފެށުމުގެ ކުރިން ތަހުގީގުގެ މަސައްކަތް ނިންމަން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން 433 މައްސަލައިގެ ތަހުގީގު މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. އެ މައްސަލަތަކުގެ ތަހުގީގު މަސައްކަތް ހަލުވިކަމާ އެކު ކުރިޔަށް ގެންދިއުމުގެ ގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)ގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންގެ ތެރެއިން ހާއްސަ ޓީމެއް ވަނީ އެކުލަވާލާފަ އެވެ.
ފުލުހުން ބުނީ އެޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ މިހާރު ވެސް އެޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުން ބަލަމުންދާ އާންމު މައްސަލަތަކާ އެހެނިހެން ކަންކަމުގެ އިތުރުން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
މި މަސައްކަތުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 14 މެއި އިން 16 ޖޫންގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް