ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަމުން ދިޔަ މީހަކު ނިޔާވި މައްސަލަ ފުލުހުން ބަލަނީ

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަމުން ދިޔަ މީހަކު ކުއްލިގޮތަކަށް ނިޔާވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ނިޔާވެފައި ވަނީ ރ. އަލިފުއްޓަށް ނިސްބަތްވާ 27 އަހަރުގެ އަބްދުﷲ ރިޝްދާނ...

17 Apr 2025 | 11:24

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަމުން ދިޔަ މީހަކު ކުއްލިގޮތަކަށް ނިޔާވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ނިޔާވެފައި ވަނީ ރ. އަލިފުއްޓަށް ނިސްބަތްވާ 27 އަހަރުގެ އަބްދުﷲ ރިޝްދާނެވެެ.

ފުލުހުން މިއަދު ބުނީ ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރު 12:11 ހާއިރު ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

އެގޮތުން މިހާތަނަށް ބެލިބެލުމުން އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ކޮންސްޓަރްކްޝަން މަސައްކަތް ކުރާ ސައިޓެއްގައި ހުއްޓާ ހަބަރުހުސްވެ ވެއްޓިގެންކަން އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ މީހާގެ މޫނު މައްޗަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް