އީރާނުގެ ރައީސް އިޒްރާއީލަށް: ހަމަލާއެއް ދޭން ވިސްނާނަމަ ނަތީޖާ ވަރަށް ހިތިވާނެ

އީރާނަށް ހަމަލާއެއް ދޭން އިޒްރާއީލުން ވިސްނާނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމުގައި އީރާނުގެ ރައީސް އިބްރާހިމް ރައިސީ ވިދާޅުވެއްޖެއެވެ. އޭނާ މިއަދު މިހެން ވިދާޅުވީ އެ ގައުމުގެ އަހަރީ އަސްކަރީ ޕެރ...

17 Apr 2024 | 17:37

އީރާނަށް ހަމަލާއެއް ދޭން އިޒްރާއީލުން ވިސްނާނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމުގައި އީރާނުގެ ރައީސް އިބްރާހިމް ރައިސީ ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު މިހެން ވިދާޅުވީ އެ ގައުމުގެ އަހަރީ އަސްކަރީ ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގައެވެ.

އީރާނުގެ ރައީސް ސިފަކުރެއްވި ގޮތުގައި ހަފްތާ ބަންދުގައި އީރާނުން އިޒްރާއީލަށް ދިނީ ވަރަށް އާދައިގެ ހަމަލާއެކެވެ. އެހެން ނަމަވެސް އެވަރުގެ ހަމަލާއަކުންވެސް އިޒްރާއީލުގެ އަސްލު ހާލަތު މުޅި ދުނިޔެއަށް ފެނިގެން ގޮސްފައިވާކަމުގައި އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރައީސްގެ ވާހަކަފުޅުގައި އެ ހަމަލާއަށް ތައުރީފުކުރައްވަމުން ވިދާޅުވީ އީރާނުން ވަރުގަދަ ހަމަލާއެއް ދީފިނަމަ ޔަހޫދީންވެސް ވަސްވެސް ނެތިގެންދާނެކަމަށެވެ.

އީރާނުގެ ރައީސް މިހެން ވިދާޅުވެފައިވާއިރު ރައްދު ހަމަލާއެއް އިޒްރާއީލުން ދީފާނެ ކަމަށް ބެލެވޭކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މިފަދަ ހަމަލާއެއް އިޒްރާއީލުން ދީފިނަމަ މެދުއިރުމަތީގައި ވަރުގަދަ ހަނގުރާމައެއް ފެށިގެންގޮސްދާނެކަމުގައި ބައިނަލްއަގްވާމީ މީޑިއާއިން ސިފަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް