މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ރައީސް ޔާމީންގެ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ދެ ދާއިރާއަކަށް އެ ޕާޓީން އެއްބަސް ކިޔައިފިއެވެ.
އެގޮތުން ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ ނަޒްރާ ނަސީމަށް ތާއީދުކުރުމަށް ޕީއެންއެފްއިން ނިންމާފައިވާއިރު ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީނަށް ތާއީދުކުރުމަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ.
އެމްޑީޕީއިން މިއަދު ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއިން ވާދަނުކުރާ ދާއިރާއެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން، ދަނޑިމަގު. އަނޯނާގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2) އަށް އެޕާޓީއިން ތާއީދުކުރުމަށް ނިންމާފައިވާކަމަށާއި އެ ދާއިރާގެ އެ ޕާޓީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން މުޙައްމަދު ޝަރަފުއްދީން، ކެންޑިޑޭޓް ނަންބަރު 2 އަށް ތާއީދުކޮށް ވޯޓުދެއްވުމަށް އެދި ދަންނަވާކަމަށެވެ.
އަނެއްކޮޅުން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލު އެކްސްގައި ވިދާޅުވެފައިވަނީ މުޅި ރާއްޖެއަށް މިވަގުތު އޮތީ މުއިއްޒު ނޫންގޮތެއް ކަމަށާއި ފުވައްމުލަކު ދެކުނު ދާއިރާއަށްވެސް އޮތީ ހަމަ އެގޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް