ފަތުވާ މަޖިލީހަށް އައު މެންބަރުން ރައީސް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި ޑރ. މޫސާ އަންވަރު ޙަސަން އާއި ޑރ. ޢަލީ ޒާހިރު މިއަދު އައްޔަންކުރައްވައިފިއެވެ. އިސްލާމިކ...

17 Apr 2024 | 12:41

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި ޑރ. މޫސާ އަންވަރު ޙަސަން އާއި ޑރ. ޢަލީ ޒާހިރު މިއަދު އައްޔަންކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވާގޮތުގައި ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރުކަމަށް ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ އާއި މިޤާނޫގެ 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢައްޔަންކުރައްވާ މެމްބަރުކަމަށް ޏ. ފުވައްމުލައް، ދަނޑިމަގު، ރިހިވިލާގެ ޑޮކްޓަރު މޫސާ އަންވަރު ޙަސަންވެސް "އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" މަޖިލީހަށް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވާފައެވެ.

އެހެންކަމުން މިހާރު،  "އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" މެންބަރުންގެ ގޮތުގައި ތިއްބެވީ ރައީސް އައްޔަންކުރާ މެންބަރުންގެ ގޮތުގައި ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) އާއި ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފްތަރު. ރސ ނަންބަރު 8104) އާއި މިނިސްޓަރުގެ ލަފާގެ މަތިން ޑޮކްޓަރ މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) އާއި އައްޝައިޚް އިލްޔާސް ޙުސައިން، (ސިޕާރ، ސ. ހިތަދޫ) އަދި މީގެ އިތުރުން ދިވެހިރާއްޖޭހެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރުގެ ގޮތުގައި ޑޮކްޓަރ ޢަލީ ޒާހިރު، (މ. ހިތިމާގެ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް