މަޝްއަރު ގްރޫޕްގެ މައްސަލަ ފުލުހަށް ހުށަހަޅަން މިނިސްޓްރީން ނިންމައިފި

ހުއްދަ ނެތި، ނިމިދިޔަ ރަމަޟާން މަހު މީހުން އުމްރާއަށް ގެންދިޔަ ގްރޫޕެއް ކަމުގައިވާ "މަޝްއަރު" ގްރޫޕްގެ މައްސަލަ ފުލުހަށް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މު...

17 Apr 2024 | 12:27

ހުއްދަ ނެތި، ނިމިދިޔަ ރަމަޟާން މަހު މީހުން އުމްރާއަށް ގެންދިޔަ ގްރޫޕެއް ކަމުގައިވާ "މަޝްއަރު" ގްރޫޕްގެ މައްސަލަ ފުލުހަށް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެފައިވަނީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުޞޫލުތަކާ ޚިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް މިއަދު ޕޮލިހަށް ހުށަހަޅާނެ ކަމަށެވެ.

މިދިޔަ ރޯދަމަހުގައި މި ގްރޫޕްގެ ހަވާލުގައި އުމްރާއަށްދިޔަ 50އެއްހާ ދިވެހިން ނުފުރި މައްކާގައި ތާށިވި މައްސަލަ ފެންމަތިވެފައިވާއިރު މިދިޔަ އަހަރުގެ ރޯދަމަހުގައިވެސް ހަމަ މި ގްރޫޕް ހަވާލުގައި އުމްރާއަށް ދިޔަ 138 މީހަކު ތާށިވިއެވެ. އެ މައްސަލައިގާ އެ އަހަރު މިނިސްޓްރީން އެ ގްރޫޕްގެ ހުއްދަ ބާތިލުކުރިއެވެ. މިދިޔަ ރޯދަމަހު އެ ގްރޫޕުން އުމްރާއަށް މީހުން ގެންދިޔައީ ޓްރެވަލް އޭޖެންސީއެއްގެ ގޮތުގައި އޮޕަރޭޓް ކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް