ވޯޓުލާ ވަގުތު އިތުރުކޮށްފި – އިތުރަށް އިތުރެއް ނުކުރާނެ

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ. މިކަން ހާމަކޮށް އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ ވޯޓުލުން ހެނދުނު 08:00 އިން ހަވީރ...

17 Apr 2024 | 08:15

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށް އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ ވޯޓުލުން ހެނދުނު 08:00 އިން ހަވީރު 5:30 އާއި ހަމައަށް ކުރިއަށްދާނެކަމަށެވެ. ކުރިން ނިންމާފައި އޮތީ 04:00 އާއި ހަމައަށް ކުރިއަށްގެންދިއުމަށެވެ.

މި ބަދަލު ގެނެސްފައިވަނީ މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ލަފަޔާއި އެކު މޫސުމަށްވެސް ރިއާޔަތްކުރުމަށްފަހުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ވަގުތު އިތުރު ކުރިނަމަވެސް ދެން އިތުރަށް ވަގުތު އިތުރު ނުކުރާނެކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެނޑިޑޭޓަކު ވާދަކުރެއެއެވެ. މި އިންތިހާބުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވެއެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 284،663 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް