ކޮންގޯ އިން ޗައިނާއާއެކު ހަދާފައިވާ މައިނިން ޑީލްތައް އޮޑިޓް ކުރަން ފަށައިފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން ދަނީ 2008 ވަނަ އަހަރު އެޤައުމުން ޗައިނާއާއެކު ހަދާފައިވާ މައިނިން ކޮންޓްރެކްޓް ދަނީ އިތުރަށް ބަލާ، އޮޑިޓް ކުރަމުންނެވެ. ކޮންގޯއިން ބުނާގޮތުގައި މި ކ...

17 Apr 2023 | 18:34

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން ދަނީ 2008 ވަނަ އަހަރު އެޤައުމުން ޗައިނާއާއެކު ހަދާފައިވާ މައިނިން ކޮންޓްރެކްޓް ދަނީ އިތުރަށް ބަލާ، އޮޑިޓް ކުރަމުންނެވެ.

ކޮންގޯއިން ބުނާގޮތުގައި މި ކޮންޓްރެކްޓް ބިނާވެފައި ވަނީ ޗައިނާއަށް ފައިދާވާ ފަދައިންނެވެ. އަދި ކޮންގޯއިން ވަނީ  2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާއާ އެކު 6.2 ބިލިއަން ޑޮލަރުގެ މައިނިން އެއްބަސްވުން އޯވަހޯލް ކުރުމަށް ގޮވާލަމުންނެވެ.

ގައުމީ މަޖިލީހުގެ ރައީސް ކްރިސްޓޮފް އެމްބޮސޯ ވަނީ "ޗައިނާގެ ކޮންޓްރެކްޓް ފަދަ ވަކި ބައިވެރިންނާ އެކު" ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހަރުކަށިކޮށް މުރާޖައާކޮށް މައިނިން ކޮންޓްރެކްޓްތަކުގެ ރަނގަޅު އޮޑިޓެއް ހެދުމަށް އެދިވަޑައިގެންފަ އެވެ.

މި ކޮންޓްރެކްޓްތައް ބެއިޖިންއަށް ފައިދާވާފަދައިން ތައްޔާރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ނިކޮލަސް ކަޒާޑީ ތުހުމަތު ކުރައްވާފައިވާ ކަމަށާއި އެ ކުންފުނިތަކުން ޓެކްސް ދައްކަންޖެހޭ މިންވަރު އިތުރު ކުރަން ބޭނުންވާ ކަމަށް ކުއާޓްޒް އިން ރިޕޯޓްކޮށްފައިވެ އެވެ.

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފަގީރު ނަމަވެސް މައުދަން މުއްސަނދި ގައުމުން ވަނީ ޗައިނާއާ އެކު 6.2 ބިލިއަން ޑޮލަރުގެ މައިނިން އެއްބަސްވުމެއް އޯވަހޯލް ކުރުމަށް ގޮވާލާފަ އެވެ.

މިއީ ރައީސް ފެލިކްސް ޝިސެކެޑީ އެމަނިކުފާނުގެ ކުރީގެ ރައީސް އެއްބަސްވެވަޑައިގެންނެވި މިންވަރަށް ވުރެ އެގައުމުގެ ފުޅާ މައުދަނީ ވަސީލަތްތަކުގެ ތެރެއިން ބޮޑު ހިއްސާއެއް ހޯދުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް