ޖަޕާނުގައި ގްރޫޕް އޮފް ސެވަން (ޖީ7) ގެ ބައްދަލުވުންތަކުގައި ދުނިޔޭގެ ލީޑަރުން ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ހުކުރު ދުވަހު ވައުދުވެވަޑައިގެންނެވި ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓްކޮށްފައެވެ.
ކިޝިދާގެ މިހެން ބުނެފައި ވަނީ ވަކަޔާމާގައި ކެމްޕޭން ތަގުރީރެއްގައި "ސްމޯކް ބޮމެއް" ކަމަށް ފެންނަ އެއްޗެއް އޭނާގެ ގަޔަށް އެއްލި ހާދިސާގެ އެއް ދުވަސް ފަހުންނެވެ.
"މުޅި ޖަޕާނުން ވެސް ސަމިޓް ބާއްވާ ތާރީހުތަކުގައި (އަންނަ މަހު ހިރޯޝިމާގައި) އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިއްޒަތްތެރިން އެއްވެ އުޅޭ ތާރީހުތަކުގައި އެންމެ ބޮޑު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ،" ކިޝިދާ ހުކުރު ދުވަހު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ހިމެނޭ ގޮތަށް ޖީ7 ގެ ފޮރިން މިނިސްޓަރުން އާދީއްތަ ދުވަހު ނާގާނޯ ޕްރިފެކްޗާގެ ކަރޫއިޒާވާ ސަރަހައްދުގައި ތިން ދުވަހުގެ މަޝްވަރާތައް ފެށި ދަނޑިވަޅެއްގަ އެވެ.
ހޮނިހިރު ދުވަހު ވަކަޔާމާގައި ބޭއްވި ބައި އިލެކްޝަނެއްގައި ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ދެއްކުމަށް ކިޝިދާ ތަގުރީރު ކުރައްވަން އުޅުއްވި ތަނަށް ކުޑަ ގޮވާ އެއްޗެއް އެއްލާ ހާދިސާއެއް ވަނީ ހިނގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް